Last Updated: July 10, 06:03
Thursday, July 10, 2025
ކުޅިވަރު

މެރަޑޯނާއަށް އެމަޖެންސީގައި ފަރުވާ ދެނީ

އާޖެންޓީނާގެ ކުރީގެ ތަރި އަދި ކޯޗު ޑިއޭގޯ މެރެޑޯނާ ހޮސްޕިޓަލުގައި އެޑްމިޓުކޮށް އެމަޖެންސީގައި ފަރުވާދިނުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

މެރެޑޯނާ އެޑްމިޓް ކޮށްފައިވަނީ އޭނާ ހޮސްޕިޓަލަށް ދެއްކުމުން ޑޮކްޓަރުން ބަލައި އޭނާގެ އެތެރެހަށިން ލޭފާބާފައި ހުރުމުންނެވެ. ނަމަވެސް ފަރުވާ ދިނުމަށް ފަހު މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވަނީ ސީރިއަސް ނޫން ކަމަށް ނިންމުމަށް ފަހު ކަމަށް އޭނާގެ ކުދިން ބުނެފައިވެއެވެ.

މިދިޔަ އަހަރުގެ ވޯލްޑް ކަޕް ތެރެއިން ވެސް މެރެޑޯނާ ވަނީ ސިއްހީ ހާލު ދެރަވެ ހޮސްޕިޓަލުގައި އެނދުމަތި ކޮށްފައެވެ. ނަމަވެސް ދުވަސްކޮޅެއް ފަހުން މެރެޑޯނާ ވަނީ އޭނާގެ ހާލު ރަނގަޅު ކަމަށް ބުނެފައެވެ.

އާޖެންޓީނާއިން 1986 ވަނަ އަހަރު ވޯލްޑް ކަޕް އުފުލާލިއިރު ޓީމުގެ އެންމެ މުހިންމު ރޯލު އަދާކުރި އަދި ކެޕްޓަން މެރެޑޯނާ އަކީ މިހާރު މެކްސިކޯގެ ދެވަނަ ޑިވިޝަނުގެ ކޯޗެކެވެ.