Last Updated: June 8, 10:34
Monday, June 8, 2026
ޚަބަރު

އެމެރިކާގައި ރާއްޖެ އިޝްތިހާރު ކުރަން ބަޔަކު ހޯދަނީ

ޓޫރިސްޓުންތަކެއް ރާއްޖޭގެ ރިސޯޓެއްގައި - ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް

އެމެރިކާގައި ދިވެހި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށްދޭނެ ޕީއާރު ކުންފުންޏެއް ހޯދުމަށް އެމްއެމްޕީއާރްސީ އިން އިއުލާންކޮށްފިއެވެ.

އެމްއެމްޕީއާރްސީ އިން ކުރި އިއުލާނުގައި މިމަހުގެ 9 ވަނަ ދުވަހުގެ ކުރިން ޝައުގުވެރިކަން ހުރި ކުންފުނިތަކުން ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލާފައިވެއެވެ.

އެމެރިކާ މާކެޓަކީ ދިވެހި ފަތުރުވެރިކަމަށް މުހިންމު މާކެޓަކަށް ވެފައިވާއިރު އެގައުމުގައި ރާއްޖެ އިތުރަށް އިޝްތިހާރުކޮށް ފަތުރުވެރިން ހޯދުމަށް އެމްއެމްޕީއާރްސީ އިން ހުޅުވާލާފައިވެއެވެ.

މީގެ ކުރިން އިޓަލީގައި ރާއްޖެ މަޝްހޫރު ކުރުމަށް ވެސް އެގައުމުގައި އިޝްތިހާރު ކުރަން ޕީއާރް ކުންފުންޏެއް އެމްއެމްޕީއާރްސީ އިން ވަނީ ހޯދާފައެވެ.