އަތޮޅުތަކަށް ދީނީ އިލްމުވެރިން ފޮނިވައިގެން ދީނީ ހޭލުންތެރިކަމުގެ ޕްރޮގްރާމް ހިންގަވާނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޒާހިރު ވިދާޅުވީ ސަރުކާރުން އަލަށް ފެށި މަސައްކަތުގެ މައިގަނޑު ބޭނުމަކީ މުޖްތަމައުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް ރިވެތި އަހުލާގު އަށަގެނުވުންކަމަށެވެ.
ދީނީ ނަސޭހަތް ދިނުމާއި، ފިގުހީ މައްސަލަތަކާއި ގުޅޭ ގޮތުން ތަފާތު މައުޟޫއުތަކަށް ޕްރޮގްރާމް ހިންގެވުމަށް ނިންމަވާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ހުރިހާ އުމުރުތަކަަކާއި ގުޅޭ ގޮތުން ސެޝަން ބޭއްވުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް ރޭ ފެއްޓެވި ޕްރޮގްރާމުގައި ދަރުސް ދެއްވީ ޝެއިހް އިލްޔާސް ހުސެއިންނެވެ. ޝެއިހް އިލްޔާސްގެ ރޭގެ ދަރުސްގެ މައުޟޫއުއަކީ "ބާއްޖަވެރި އާއިލާ"އެވެ.
ރޭގެ ދަރުސް އަޑުއެއްސެވުމަށް ނައިބް ރައީސް ފައިސަލް ނަސީމު ވަނީ ވަޑައިގެންފައެވެ.