ފުލުހުން ތަޙުޤީޤުކުރަމުންދާ މައްސަލައަކާއި ގުޅިގެން ހޯދަން އިއުލާންކޮށްފައިވާ ދެ ކުދިން މިއަދު ފުލުހަށް ހާޒިރުވެއްޖެ އެވެ.
އެގޮތުން ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ތަޙްޤީޤް ކުރަމުންދާ މައްސަލައަކާ ގުޅިގެން ފުލުހުން ހޯދަމުން ދިޔައީ ޏ. ފުވައްމުލައް/ދިގުވާޑް، ބަނަފްސާގެ، ފާޠިމަތު ހަނާޒް (17އ) އާއި ދަފްތަރު ނަންބަރު 2542، ޝާދިޔާ އަންވަރު (17އ) އެވެ. ނަމަވެސް މި ދެ ކުދިން ހޯދަމުން ދިޔައީ ކޮން މައްސަލައަކާއި ގުޅިގެންކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުންގެ އޮފިޝަލަކާއި ހަވާލާދީ "އަވަސް" ނޫހުން ރިޕޯޓްކުރާ ގޮތުގައި ހޯދަން އިއުލާން ކުރުމާއެކު އެ ދެ ކުދިން ވެސް މިހާރު ފުލުހަށް އަމިއްލައަށް ހާޒިރުވެފައިވާ ކަމަށެވެ.