Last Updated: June 17, 09:32
Wednesday, June 17, 2026
ޚަބަރު

މުލިން ހާލުބޮޑު ބަލި މީހަލު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މިއަދު މާލެ ގެނެސްދީފި

މ. މުލީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މިއަދު މާލެ ގެނެސްދީފިއެވެ.

އެމްއެންޑީއެފް އިން މަޢުލޫމާތު ދޭ ގޮތުގައި މިއަދު ހެނދުނު 07:30 ހާއިރު މާލެ ގެނެސްދީފައިވަނީ އުމުރުން 81 އަހަރުގެ އަންހެނެކެވެ. މި މީހާ މާލެ ގެނެސްދީފައިވަނީ ސިއްޙީ އިތުރު އަވަސް ފަރުވާއަށް މާލެ ގެންދިއުމަށް މުލީ ރީޖަނަލް ހޮސްޕިޓަލުން މިމީހާ ބެއްލެވި ޑޮކްޓަރުން ލަފާ ދެއްވުމުންނެވެ.

މި މީހާ މިހާރު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްދީފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.

މީގެ އިތުރުން، މިދިޔަ ހަފްތާގެ ތެރޭގައި ޅ. ކުރެންދޫއިން ވެސް އުމުރުން 75 އަހަރުގެ ހާލުބޮޑު ބަލި މީހަލު އެމްއެންޑިއެފް ހެލިކޮޕްޓަރުގައި ވަނީ މާލެ ގެނެސްދީފިއެވެ. އަދި ޅ. ނައިފަރުން ވެސް އުމުރުން 78 އަހަރުގެ ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް އިން ވަނީ މިދިޔަ ހަފްތާގައި މާލެ ގެނެސްދީފައެވެ.