ނައިބު ރައީސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް އަންނަ ހަފްތާގެ ތެރޭގައި ހިލާލީގެއަށް ބަދަލުވެވަޑައިގަތުމަށް ތައްޔާރުވެވަޑައިގެންފި އެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި އެމަނިކުފާނު ހިލާލީގެ އަށް ބަދަލުވެވަޑައިގަތުމަށްޓަކައި ހިލާލީގެ އަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ސަރުކާރުން ދަނީ މިހާރު ކުރަމުންނެވެ.
ނައިބު ރައީސް ދިރިއުޅުއްވާނެ ރަސްމީ ގެކޮޅުގެ ގޮތުގައި ހިލާލީގެ ހަމަޖައްސާފައި ވަނީ މިދިޔަ ނޮވެމްބަރ މަހުގެ 18 ވަނަ ދުވަހު އެވެ. ނައިބު ރައީސްގެ ރަސްމީ ގެކޮޅަށް މި އަހަރު ޖުމްލަ 2.5 މިލިއަން ރުފިޔާ ޚަރަދު ކުރުމަށް ވަނީ ބަޖެޓް ކޮށްފަ އެވެ.
ނައިބު ރައީސް ހިލާލީގެ އަށް ބަދަލުވެވަޑައިގަންނަވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހި ދިރިއުޅުއްވަމުން ގެންދަވަނީ މުލިއާގޭގަ އެވެ.