Last Updated: June 17, 08:08
Wednesday, June 17, 2026
ޚަބަރު

ތިނަދޫ އަށް ބޯކޮށް ވާރޭ ވެހި، 50 އަށްވުރެ ގިނަ ގެތަކަށް ގެއްލުން ވެއްޖެ

އިއްޔެ ތިނަދޫ މަގުތަކުން ފެން ހިއްކުމުގެ މަސައްކަތް ކުރަނީ - ފޮޓޯ: ޓްވިޓާ (އެމްއެންޑީއެފް)

ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ގދ. ތިނަދޫ އަށް މެދުނުކެނޑި ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން 50 އަށްވުރެ ގިނަ ގެއަށް ގެއްލުންވެއްޖެ އެވެ.

ތިނަދޫ ކައުންސިލަރު އަލީ އަމްޖަދު އާއި ހަވާލާދީ "ސީއެންއެމް" އިން ރިޕޯޓްކުރާ ގޮތުގައި ރޭ 00:00 އިން ފެށިގެން ފަތިހު 05:00 އާއި ހަމައަށް މެދުނުކެނޑި ބޯކޮށް ވާރޭ ވެހިފައިވާ ކަމަށާއި، އޭގެ ސަބަބުން 50 އަށްވުރެ ގިނަ ގެތަކަށް ފެންވަދެ އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ.

އަދި ގެތަކުގެ ހިފާ ގެންގުޅޭ އެއްޗެއްސަށް ގެއްލުން ލިބިފައިވާ ކަމަށާއި، ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ވެފައިވާ ގެތަކަށް ކައުންސިލުން ޒިޔާރަތްކޮށް އެހީތެރިވެފައިވާ ކަމަށްވެސް އަމްޖަދު ވިދާޅުވި އެވެ. އަދި ގިނަ ގެތަކަށް މިހާރު ވެލި ގޯނި ފޯރުކޮށްދީފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ދެކުނުގެ އަތޮޅުތަކަށް ކުރަމުންދާ ވިއްސާރަ އާއި ގުޅިގެން މިއަދުގެ ހެނދުނު 08:15 އިން މެނދުރު ފަހު 14:00 އަށް މޫސުމާއި ބެހޭ އިދާޜާއިން ވަނީ ވައިޓް އެލާޓް ވެސް ނެރެފައެވެ.