Last Updated: June 8, 10:34
Monday, June 8, 2026
ޚަބަރު

އަދީބު އައިޖީއެމްއެޗަށް ގެނެސްފި

ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބު ގޭބަންދުން ޖަލު ބަންދަށް ބަދަލު ކުރި ފަހުން އަނެއްކާވެސް އައިޖީއެމް ހޮސްޕިޓަލަށް މިއަދު ގެނެސްފިއެވެ.

އަދީބު އަނެއްކާވެސް ހޮސްޕިޓަލަށް ގެނެސް ފަރުވާ ދެމުން ދަނީ ޖަލަށް ބަދަލުކުރީ އޮޕަރޭޝަނަކަށް ފަހު ގޭގައި ހުރުމަށް ޑޮކްޓަރު ލަފާ ދެއްވި ދުވަސް ހަމަ ނުވަނީސް ކަމަށް އާއިލާއިން ބުނަމުން ގެންދާ ދަނޑިވަޅެއްގައެވެ.

ދެމަސް ދުވަހަށް ގޭގައި ހުރެގެން ފަސޭހަވުމަށް ޑޮކްޓަރު އިރުޝާދު ދީފައިވަނިކޮށް މިމަހުގެ ތިންވަނަ ދުވަހު އަދީބު ވަނީ އަނބުރާ ޖަލަށް ބަދަލުކޮށްފައެވެ. ހޯމް މިނިސްޓަރ އިމްރާން ވިދާޅުވީ ނިމިގެން ދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ގޭބަންދުގައި ބެހެއްޓުމަށް ލަފާ އެރުވި މުއްދަތު ހަމަވެފައިވާ ކަމަށެވެ.

އަދީބުގެ އަނބިކަނބަލުން ނަޝްވާ ބުނެފައިވަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ ކްރިޓިކަލް ކެއާ ޒޯނުގައި ކަމަށެވެ. އަދި އާއިލާ ބޭފުޅުންނާއި ބައްދަލުކުރުމުގެ ފުރުސަތެއް ކަރެކްޝަންސް އިން ދީފައިނުވާ ކަމަށް ނަޝްވާ ހާމަކޮށްފައިވެއެވެ.

އިތުރު ތަފްސީލު އަންނަނީ..