Last Updated: June 8, 10:34
Monday, June 8, 2026
ދުނިޔެ

މުސްލިމުން އިތުރަށް ފިއްތާލުމަށް ޗައިނާއިން ގާނޫނެއް ފާސްކޮށްފި

ޗައިނާ މުސްލިމުން އަޅުކަން ކުރަނީ: ފޮޓޯ - ރޮއެޓާސް

މުސްލިމުންނަށް އެންމެ ނިކަމެތިކޮށް ހިތާ ގައުމުކަމަށް ގިނަ ބަޔަކު ތުހުމަތުކުރާ ޗައިނާއިން އެގައުމުގައި ދިރިއުޅޭ މުސްލިމުން އުޅެން ޖެހޭ ގޮތެއް ކަނޑައަޅައި ގާނޫނެއް ފާސްކޮށްފިއެވެ.

ޗައިނާގައި ދިރިއުޅޭ މުސްލިމުންގެ އަށް ޖަމިއްޔާއަކާ ސަރުކާރުން ބައްދަލުކޮށް، ދީނަށް އުޅެން ޖެހޭ ގޮތާއި އަޅުކަން ކުރާނެ ގޮތް ކަނޑައަޅައި ގާނޫނެއް ހަދާފައިވަނީ އިސްލާމް ދީން، އިޖުތިމާއީ މިންގަނޑުތަކަށް ފައްތައިގެން އަޅުކަން ކުރުމަށް ކަމަށް ގްލޯބަލް ޓައިމްސް، ޗައިނާގެ މައި އިނގިރޭސި ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

މި ގާނޫނުގެ އިތުރު ތަފްސީލެއް ޗައިނާ ނޫހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިހާރުވެސް ޓެރަރިޒަމް ހުއްޓުވުމަށް ކަމަށް ބުނެ މުސްލިމުންގެ އެއް މިލިއަން މީހުން މިލިޓަރީ ކޭމްޕުތަކަށް ލައި، އަނިޔާކުރަމުންދާ ކަމަށް ބުނެ އިންސާނީ ހައްގުތައް ދިފާއުކުރާ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރަމަޟާން މަހު ރޯދަ ހިފުން މަނާކޮށް ޗައިނާ ސަރުކާރުން ވަނީ ބައެއް ސަރަހައްދުތަކުގައި މުސްލިމުން ތުނބުޅި ދިގުކުރުމާއި ބުރުގާ އެޅުން ވެސް މަނާކޮށްފައެވެ.