Last Updated: July 25, 13:53
Saturday, July 25, 2026
ޚަބަރު

ޕީއެސްއެމްގެ ޗެއާމަންގެ މަގާމަށް ހިލްމީ އައްޔަންކޮށްފި

ޕަބްލިކް ސާވިސް މީޑިޔާ(ޕީއެސްއެމް)ގެ މެނޭޖްމެންޓް މަގާމުތަކަށް ބޭފުޅުން އައްޔަން ކޮށްފިއެވެ. އެގޮތުން ކުންފުނީގެ ޗެއާމަންގެ މަގާމަށް އައްޔަން ކޮށްފައިވަނީ ކުރީގެ ވައިސް ޗެއާމަން އިބްރާހިމް ހިލްމީއެވެ.

އަދި ކުންފުނީގެ ބޯޑު މެމްބަރަކަށް ގ. ހިލްމަން، މަރިޔަމް ވަހީދާ ވެސް ވަނީ އައްޔަންކޮށްފައެވެ. މީގެ ކުރިން ބްރޯޑްކޮމްގެ މެމްބަރުކަން ވެސް ކުރައްވާފައިވާ މަރިޔަމް ވަހީދާއަކީ ޓީވީއެމްގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ އިލްމީ، ތަޖުރިބާހުރި ބޭފުޅެކެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރގެ މަގާމަށް އަލީ ޚާލިދު ވަނީ މީގެ ކުރިން އައްޔަން ކޮށްފައެވެ. އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމަށް އައްޔަންކޮށްފައިވަނީ މުހައްމަދު ޝަމީމެވެ.