Last Updated: June 17, 08:08
Wednesday, June 17, 2026
ޚަބަރު

ރިސޯޓަކުން 5،000 އަށްވުރެ ގިނަ ރުފިޔާ އާއި ހަތަރު ފޯން ވަގަށް ނެގި މީހަކު ހައްޔަރު ކޮށްފި

ރިސޯޓަކުން ގިނަ އަދަދެއްގެ ފައިސާތަކަކާއި މޮބައިލް ފޯނުތަކެއް ވަގަށްނެގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުން މިދިޔަ ހުކުރު ދުވަހުގެ ރޭ 2:30 ހާއިރު، ރިސޯޓެއްގެ ބައެއް މުވައްޒަފުން ނިދާ ކޮޓަރިތަކަށް ވަދެ ވައްކަންކޮށް، އެ ރިސޯޓުގެ މުވައްޒަފުންގެ ފިހާރަ ފަޅާލައި ފައިސާތަކެއް ވަގަށް ނަގާފައިވާ ކަމަށް ބުނެ، އުނގޫފާރު ޕޮލިސް ސްޓޭޝަނަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 33 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި ކޯޓު އަމުރެއްގެ ދަށުން މިމީހާ ހައްޔަރުކޮށް ބަލައިފާސްކުރި ކުރުމުން، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 5،000 އަށް ވުރެ ގިނަ ރުފިޔާއާއި، ހަތަރު މޮބައިލް ފޯނާއި ދެ ސިނގިރެޓު ކާޓޫނު ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މި މީހާގެ ބަންދަށް މިހާރު ހަތް ދުވަސް ޖަހާފައިވާއިރު، މިމައްސަލަ ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.