Last Updated: June 17, 08:08
Wednesday, June 17, 2026
ޚަބަރު

މޯލްޑިވިއަންގެ ޕީއާރް މެނޭޖަރަކަށް މޫސާ ވަސީމް ހަމަޖައްސައިފި

މޫސާ ވަސީމް - ފޮޓޯ: މަލްދީބު (ހަސެއިން ސައީދު)

ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން މޯލްޑިވިއަން ހިންގާ ކުންފުނި ކަމުގައިވާ އައިލެންޑް އޭވިއޭޝަން ސަރވިސެސް (އައިއޭއެސް)ގެ ޕަބްލިކް ރިލޭޝަންސް (ޕީއާރް) އަދި ކޮމިއުނިކޭޝަން މެނޭޖަރުގެ މަޤާމަށް މޫސާ ވަސީމް ހަމަޖައްސައިފި އެވެ.

މަޝްހޫރު ޓީވީ ޕްރެޒެންޓަރ މޫސަ، އެ މަޤާމަށް ހަމަޖެއްސިކަން އިއުލާންކޮށްފައި ވަނީ މޯލްޑިވިއަން އިން ދެންމެ ކުރި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި މޯލްޑިވިއަން އިން ވަނީ އައިއޭއެސްގެ އާއިލާ އާއި މޫސަ ގުޅުމުން، އެކަމަށްޓަކައި މޫސަ އަށް ހޫނު މަރުޙަބާ އެއް ކިޔާފައެވެ.

އެންމެ ފުރަތަމަ ޓީވީއެމްގެ ޚަބަރުތައް ކިޔާ ނޫސްވެރިއެއްގެ ގޮތުގައި ފެނިގެންދިޔަ މޫސަ ވަނީ މޯލްޑިވިއަން އައިޑޮލްވެސް ހުށަހަޅައިދީފައެވެ. ބަދަލެއް ބޭނުންވާތީ ކަމަށް ބުނެ، މޫސަ ޕީއެސްއެމް އިން ވަކިވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.