Last Updated: June 17, 08:08
Wednesday, June 17, 2026
ޚަބަރު

މާލޭ މަގުމައްޗަށް ކުނި އެޅި އިތުރު ދެ މީހެއްގެ މަޢުލޫމާތު އާންމުކޮށްފި

މާލޭގެ މަގުމައްޗަށް ކުނި އެޅި ދެ މީހެއްގެ މަޢުލޫމާތު އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އާންމުކޮށްފި އެވެ.

އީޕީ އިން ބުނީ މިއަދު ދެވިނަމަގުގެ މއ. ޝިފްރަން ކޯނާ ކައިރީ މަގުމަތީގައި ކުނި ބަހައްޓާފައި ވަނީ ބ. ތުޅާދޫ މޫރިތި، ހުޝާމް އަލީ ކަމަށެވެ.

https://twitter.com/EPAMaldives/status/1081818936566398976

މީގެ އިތުރުން ޗާންދަނީ މަގުގެ ގޮމަށިގެ ކޯނާ ކައިރީ މަގުމަތީގައި ކުނި ބަހައްޓާފައި ވަނީ ހދ. ނޭކުރެންދޫ ފްލާވާ ހައުސް ޒުބައިދާ އަލީ ކަމަށްވެސް އީޕީއޭ އިން ބުނެއެވެ.

މި ދެ މީހުން މަގުމަތީގައި ބެހެއްޓި ކުނިތަކުގެ ފޮޓޯ ވެސް އީޕީއޭ އިން ވަނީ އާންމުކޮށްފަ އެވެ.

މަގުމައްޗަށް ކުނި އެޅި މީހެއްގެ މަޢުލޫމާތު އީޕީއޭ އިން ފުރަތަމަ ފަހަރަށް އާންމުކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ.

މަގުމައްޗަށް ކުނި އަޅާ މީހުންގެ ނަން އާންމުކުރުމުގެ ބާރު އީޕީއޭ އަށް އޮވެއެވެ. ޤާނޫނުގައި ބުނެފައިވާ ގޮތުން މަގުމައްޗަށް ކުނި އަޅާ މީހުންގެ އަތުން ޖޫރިމަނާގެ ގޮތުގައި ފުރަތަމަ ނަގާނީ 300ރ. އެވެ. އަދި އެ ކުށް ތަކުރާރުކޮށްފި ނަމަ އެ މީހެއްގެ އަތުން 500 ރުފިޔާ ނެގޭއިރު، އެއީ ނުރައްކާތެރި ބާވަތެއްގެ ކުނި ނަމަ، އެ އަދަދު އިތުރު ކުރުމުގެ ބާރު ވެސް ޤާނޫނުން އީޕީއޭ އަށް ވަނީ ދީފަ އެވެ.