މޯލްޑިވް ގޭސްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ޝަޒައިލް ޝިޔާމް އައްޔަންކުރައްވައިފި އެވެ.
ޝަޒައިލް އަކީ މީގެ ކުރިން ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމާއި، ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ އިތުރުން ކޫއްޑޫ ފިޝަރީޒްގެ ޗެއާމަންކަންވެސް ކުރައްވާފަ އެވެ. ޝަޒައިލް އަކީ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިންގެ ޅިޔަނު އެވެ.
ޝަޒައިލް މޯލްޑިވް ގޭސްގެ އެމްޑީގެ މަޤާމަށް އައްޔަން ކުރެއްވުނީ، ސަރުކާރު ކޯލިޝަންގެ ހިމެނޭ އެމްއާރުއެމްގެ ސްލޮޓްގައެވެ. މިއީ އެމްއާރުއެމްގެ ސްލޮޓެއްގައި ކުންފުންޏެއްގެ އެމްޑީއަކަށް ބޭފުޅަކު އައްޔަން ކުރެވުނު ފުރަތަމަ ފަހަރެވެ.
މީގެ އިތުރުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑުން ވަނީ މިއަދު ޕީއެސްއެމްގެ ބޯޑަށާއި، ފެނަކަ އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ބޯޑަށް ވެސް މެމްބަރުން އައްޔަންކުރައްވައިފަ އެވެ.