Last Updated: June 10, 14:00
Wednesday, June 10, 2026
މުނިފޫހިފިލުވުން

ސަލްމާނާއި ސޫރަޖް "ޖާދޫ ހަދަނީ"

"މޭނޭ ޕިޔާރު ކިޔާ" އާއި "ހަމް އާޕްކޭ ހޭ ކޯން" ފަދަ ކާމިޔާބް ފިލްމްތަކެއް ބެލުންތެރިންނާ ހަމައަަށް ގެނެސް ދީފައިވާ ސޫރަޖް ބަރްޖަތިއާ އާއި ސަލްމާން ހާން އެކުގައި އާ ފިލްމެއްގެ މަސައްކަތް ފަށަން ހަމަޖެހިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ހަބަރުތައް ގެނެސްދޭ "ޑީއެންއޭ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސޫރަޖް އޭނާގެ އާ ފިލްމާ ބެހޭ ގޮތުން ސަލްމާނާ ވާހަކަ ދެއްކުމާ އެކު އޭނާ ވަނީ އެ ފިލްމް ކުޅެން އެއްބަސްވެފަ އެވެ.

އެހެންވެ އެ ފިލްމަށް ވަގުތު ދިނުމުގެ ގޮތުން ބޯނީ ކަޕޫރު ޕްރޮޑިއުސްކޮށް، އަނީސް ބަޒްމީ ޑައިރެކްޓް ކުރާ "ނޯ އެންޓްރީ މޭ އެންޓްރީ" ގެ މަސައްކަތް ފަސްކޮށް ދިނުމަށް ވެސް ސަަލްމާން އެދިފައިވާ ކަމަށްވެ އެވެ.

ސޫރަޖްގެ އާ ފިލްމްގެ މަސައްކަތް ފަށަން ހަމަޖެހިފައި ވަނީ މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު އެވެ. އެހެން ނަމަވެސް އެ ފިލްމާ ބެހޭ ގޮތުން މިހާތަނަށް މާ ބޮޑު ތަފުސީލެއް ނުލިބެ އެވެ.

އެކަމަކު ސޫރަޖް އާއި ސަލްމާން އެކުގައި ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމުގެ އަޑުތައް ފެތުރުމާ އެކު، ގިނަ ބަަޔަކު ވަނީ އެ ފިލްމަށް މިހާރުން ފެށިގެން އިންތިޒާރު ކުރަން ފަށާފަ އެވެ.

އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. އެ ދެ މީހުން އެކުގައި ގެނެސް ދިން އާއިލީ އަދި ލޯބީގެ ފިލްމްތަކަކީ ބެލުންތެރިންގެ ހިތްކުގައި އަބަދަށް ބިންވަޅު ނެގިފައިވާ ފިލްމްތަކެެވެ.
އޭގެ ތެރޭގައި 1989 ވަނަ އަހަރު ރިލީޒް ކުރި "މޭނޭ ޕިޔާރު ކިޔާ" އާއި 1994 ވަނަ އަހަރު ގެނެސް ދިން "ހަމް އާޕްކޭ ހޭ ކޯން" އަދި 1999 ވަނަ އަހަރު ގެނެސް ދިން "ހަމް ސާތު ސާތު ހޭ" ހިމެނެ އެވެ.

އެހެންވެ އެ ދެ މީހުންގެ އާ ފިލްމަކީ ވެސް ކުރީގެ ފިލްމްތަކާ އެއްގޮތަށް ޖާދޫއެއް ދައްކާލާނެ ފިލްމަކަށް ވާނެ ކަމަށް ގިނަ ބަޔަކު ގަބޫލް ކުރެ އެވެ.

ސޫރަޖް އެންމެ ފަހުން ގެނެސް ދިން ފިލްމަކީ 2006 ވަނަ އަހަރު ޝާހިދު ކަޕޫރާއި އަމްރިތާ ރާއޯ ހިމަަނައިގެން ގެނެސް ދިން "ވިވާހް" އެވެ.

އޭގެ ކުރިން އޭނާ ވަނީ ރިތިކް ރޯޝަން، އަބީޝެކް ބައްޗަން އަދި ކަރީނާ ކަޕޫރު ހިމަނައިގެން މާ ކާމިޔާބް ނޫން ފިލްމެެއް ކަމަށްވާ "މޭ ޕްރޭން ކީ ދީވާނީ ހޫ" ގެނެސް ދީފަ އެވެ.