Last Updated: June 10, 11:16
Wednesday, June 10, 2026
ޚަބަރު

ތޫނު އެއްޗެހި ބޭނުންކޮށް ޖަލުގައި މާރާމާރީ ހިންގައިފި

ތޫނު އެއްޗެހި ބޭނުންކޮށްގެން މާފުށީ ޖަލުގައި މާރާމާރީ ހިންގި މައްްސަލައެއް ފުލުހުން ތަހްގީގު ކުރަން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިރުއޮއްސި 6 ޖަހާކަށްހާއިރު ހިންގި މާރާމާރީގައި އަނިޔާވި މީހަކަށް މިހާރު ދަނީ ފަރުވާދެމުންނެވެ. އެނގިފައިވާ ގޮތުގައި ގައިދީއެއްގެ މެޔަށް ތޫނު އެއްޗަކުން ވަނީ ހަމަލާދީފައެވެ. މިހާދިސާ ހިނގާފައިވަނީ ދެ ގައިދީއެއްގެ ދެމެދުގައެވެ.

މިކަމާއި ގުޅިގެން ކަރެކްޝަންސްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

މިހާދިސާ ފުލުހުން ތަހްގީގު ކުރަމުން އަންނަ އިރު ފުލުހުންވެސް އިތުރު އެއްޗެއް ހާމަކޮށްފައި ނުވެއެވެ.