Last Updated: June 17, 06:17
Wednesday, June 17, 2026
ޚަބަރު

އެންސްޕާގެ ދަށުން ހިންގަމުން އައި ބައެއް ތަންތަން ޖެންޑާގެ ދަށަށް

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ - ފޮޓޯ: އެންސްޕާ

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ދަށުން ހިންގަމުން އައި ބައެއް ތަންތަން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށަށް ބަދަލުކޮށްފި އެވެ.

ރައީސް އޮފީހުން ބުނީ އެންސްޕާގެ ދަށުން ހިނގަމުން އައި، "ފިޔަވަތި" އާއި، "ކުޑަކުދިންގެ ހިޔާ" އާއި، "އަމާންހިޔާ" އާއި، "ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ" ތައް، 2019 ޖަނަވަރީ 2 ވަނަ ދުވަހުން ފެށިގެން ސީދާ ޖެންޑަރ މިނިސްޓްރީގެ ދަށުން ހިނގަމުންދާގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖައްސަވާފައިވާ ކަމަށެވެ.

އެންސްޕާ ހިންގުން ޖެންޑަރ މިނިސްޓްރީ އާއި ހަވާލުކުރިކަން އިއުލާންކޮށްފައި ވަނީ މިދިޔަ ޑިސެމްބަރ މަހުގެ 30 ވަނަ ދުވަހު އެވެ. އެންސްޕާގެ އިތުރުން ނޭޝަނަލް ޑްރަގް އޭޖެންސީ އަދި ގުރައިދޫ ސެންޓަރުގެ މަސައްކަތްތައް ވެސް އެ މިނިސްޓްރީގެ ދަށަށް ވަނީ ބަދަލުކޮށްފައެވެ.