ޑިޕާޓްމަންޓް އޮފް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓާއި، ޕަބްލިކް ވަރކްސް ސަރވިސަސް އުވާލައިފި އެވެ.
ރައީސް އޮފީހުން ބުނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށުން ހިނގަމުންދާގޮތަށް އުފައްދަވައިފައިވާ، ޑިޕާޓްމަންޓް އޮފް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓާއި، އެ ޑިޕާޓްމަންޓުގެ ދަށުން ހިނގަމުންދާގޮތަށް އުފައްދަވައިފައިވާ ޕަބްލިކް ވަރކްސް ސަރވިސަސް، 2019 ޖަނަވަރީ 2 ވަނަ ދުވަހުން ފެށިގެން އުވާލާފައިވާ ކަމަށެވެ.
އަދި، އެ ދެ އިދާރާއިން ކުރަމުން އައި މަސައްކަތްތައް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކުރަމުންދާގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖައްސަވާފައިވާ ކަމަށެވެ.