މެލޭޝިއާގެ ރަސްގެފާނު ސުލްތާން މުހައްމަދު، ރަސްކަމުގެ ތަޚްތުން ކުއްލިގޮތަކަށް އިސްތިއުފާ ދެއްވައިފި އެވެ.
އިނގިރޭސިވިލާތުގެ އަތްދަށުން މެލެޝިއާ އަށް މިނިވަންކަން ލިބުނު ފަހުން، ފާއިތުވި 60 އަހަރުގެ ތެރޭގައި ވެސް އެއްވެސް ވެރިއަކު ރަސްކަމުން އިސްތިއުފާދެއްވާފައެއް ނުވެއެވެ. އެހެންކަމުން ސުލްތާން މުހައްމަދު ކުއްލިއަކަށް އިސްތިއުފާދެއްވުން ވެގެންދިޔައީ އެންމެންނަށް ވެސް ލިބުނު ވަރަށް ބޮޑު ސިހުމަކަށެވެ.
އެހެންނަމަވެސް، ސުލްތާން އިސްތިއުފާދެއްވި ސަބަބެއް މެލޭޝިއާގެ ޤައުމީ ގަނޑުވަރުން ހާމަކޮށްފައެއް ނުވެއެވެ.
ސުލްތާން މުހައްމަދު އިސްތިއުފާދެއްވާފައި ވަނީ، ރަޝިއާގެ ރައްޔިތަކާއި އެމަނިކުފާނު ކައިވެނިބައްލަވައިގަތް ކަމުގެ ރިޕޯޓްތައް މީޑިއާގައި ފެތުރިފައިވާ ދަނޑިވަޅެއްގަ އެވެ.
ސުލްތާން ވަނީ ނޮވެމްބަރު މަހު ޗުއްޓީ ނަންގަވާފައެވެ. އެއަށްފަހު ނޮވެމްބަރު މަހުގެ ފަހުކޮޅު ކުރީގެ މިސް މޮސްކޯ އަކާއެކު ސުލްތާން ކައިވެނި ބައްލަވައިގަތް މަންޒަރު ފެންނަ ފޮޓޯތަކެއް ވަނީ މީޑިއާގައި އާންމުވެފަ އެވެ.
Supposed pictures of the ceremony show the 49-year old ruler was married this month to former Moscow beauty queen Oksana Voevodina, 25. #Malaysia PM #Mahathir says can't confirm if the King has married https://t.co/8kQtic81Ap @chedetofficial
— Rosalind Mathieson (@RosMathieson) November 30, 2018
އެހެންނަމަވެސް މި ޚަބަރުތަކާއި ގުޅޭގޮތުން އަދި ސުލްތާންގެ ސިއްޙީ ޙާލުކޮޅާއި ގުޅޭ ގޮތުން ވެސް އެޤައުމުގެ އެއްވެސް އޮފިޝަލެއްގެ ބަހެއް ލިބިފައެއް ނުވެއެވެ.
އުމުރުފުޅުން 47 އަހަރުފުޅުގައި ރަސްކަމާއި ހަވާލުވެވަޑައިގަތް ސުލްތާން މުހައްމަދުގެ ފަރާތްޕުޅުން ނެރުއްވި ބަޔާނެއްގައި އެމަނިކުފާނު ވަނީ މެލޭޝިއާގެ ރައްޔިތުން އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމަށް ދަންނަވާފަ އެވެ.
މެލޭޝިއާގެ ރަސްކަމަށް އާ ވެރިއަކު ހަމަޖައްސަވަންދެން ސުލްތާން މުހައްމަދު، ވަގުތީ ގޮތުން ރަސްގެފާނުގެ ޒިންމާތައް އަދާކުރައްވަމުން ގެންދަވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.