Last Updated: June 8, 10:34
Monday, June 8, 2026
ކުޅިވަރު

މަސްތުވެ ހަމަނުޖެހުން ހިންގުމުން ރޫނީ އަނެއްކާވެސް ހައްޔަރުކޮށްފި

އެމެރިކާގެ ޑީސީ ޔުނައިޓެޑަށް ކުޅެމުން އަންނަ މެންޗެސްޓާ ޔުނައިޓެޑު އަދި އިނގިރޭސި ކުރީގެ ކެޕްޓަން ވޭން ރޫނީ މަސްތުވެ ހަމަނުޖެހުން އުފައްދަން އުޅުމުން ފުލުހުން ހައްޔަރުކޮށް ޖޫރިމަނާ ކޮށްފިއެވެ.

މިހާދިސާ ހިނގާފައިވަނީ މިދިޔަ މަހު އެމެރިކާގެ މެރީލޭންޑުގައެވެ. ރޫނީ ވަނީ ނިދުމަށް ބޭނުންކުރާ ބޭސްތަކެއް ބަނގުރަލަށް އަޅައިގެން، އެ ބޭނުންކޮށް މަސްތުވެފައި ކަމަށް ޓޮކްސް ސްކްރީން ދައްކައެވެ. އަދި މަސްތުވެގެން މަގުމައްޗަށް ނިކުމެ މީހުންނާ ދިމާލަށް ހަޅޭއްލަވައި ހުތުރު އެއްޗެހި ގޮވި ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

ހައްޔަރުކުރުމަށް ފަހު 25 ޑޮލަރުން ޖޫރިމަނާ ކުރުމަށް ފަހު އޭނާ ދިން ގެއްލުމުގެ ބަދަލުގައި 91 ޑޮލަރު ދެއްކުމަށް ކޯޓުން އަމުރުކުރިއެވެ. އިތުރު ފިޔަވަޅެއް އަޅާފައިނުވާ ކަމަށް ރޫނީގެ ތަރުޖަމާނު ބުނެފައިވެއެވެ. އޭނާ އިތުރަށް ބުނެފައިވަނީ މިހާދިސާ ހިނގާފައިވަނީ ސައުދީ އިން އެނބުރި އެމެރިކާ އަށް އައި ފްލައިޓު ތެރެއިން ލިބުނު ރާ ތައްޓަކަށް ބޭސް އަޅައިގެން މަސްތުވުމުން ކަމަށެވެ.

ރޫނީ ވަނީ މީގެ ކުރިންވެސް މަސްތުގެ ހާލަތުގައި ދުއްވުމުގެ ސަބަބުން ހައްޔަރުކޮށް ޖޫރިމަނާ ކޮށްފައެވެ.