Last Updated: June 8, 10:34
Monday, June 8, 2026
ކުޅިވަރު

ލަނޑު ލިސްޓުގައި މެސީއަށް ވުރެ ކުރިއަށް ޗެތުރީ ޖެހިލައިފި

ގައުމީ ޓީމަށް މިހާރު ކުޅެމުންދާ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ގޯލު ޖަހާދިން ކުޅުންތެރިންގެ ލިސްޓުގައި އާޖެންޓީނާގެ ކެޕްޓަން ލިއޯ މެސީ ފަހަތަށް ޖައްސާލުމަށް ފަހު އިންޑިޔާގެ ކެޕްޓަން ސުނިލް ޗެތުރީ ދެވަނައަށް ޖެހިލައިފިއެވެ.

އިއްޔެ އޭޝިއަން ކަޕްގައި އިންޑިޔާއާ ތައިލެންޑް ބައްދަލުކުރި މެޗުން އިންޑިޔާ ހޯދި 1-4 ގެ ކާމިޔާބީގައި ޗެތުރީގެ ދެ ގޯލު ހިމެނެއެވެ. މި ދެލަނޑުން ޗެތުރީ އިންޑިޔާ ގައުމީ ޓީމަށް ޖަހާދިން ގޯލުގެ އަދަދު 67 އަށް ވަނީ އަރާފައެވެ.

މެސީ މި ލިސްޓުގެ ތިންވަނައިގައި އޮތީ 65 ލަނޑު ޖަހައިގެންނެވެ. އެއީ 128 މެޗު އާޖެންޓީނާ ޖާޒީގައި ކުޅެގެންނެވެ. ރޮނާލްޑޯ ޕޯޗުގަލްއަށް ޖަހާދިން 85 ލަނޑުން ލިސްޓުގެ އެއްވަނަ ލިބެނީ އޭނައަށެވެ.

އޭޝިއަން ކަޕުގައި އިންޑިޔާ ތައިލޭންޑުގެ މައްޗަށް ހޯދި މޮޅުން އިންޑިޔާ މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައެވެ. އެ ގްރޫޕުގައި ދެން އޮތް ދެޓީމު ކަމަށްވާ ބަހުރެއިނާއި ޔޫއޭއީ މެޗު 1-1 އިން ވީ އެއްވަރެވެ.