ގއ. ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި ރޭ މެންދަމު މާލެ ގެނެސްދީފިއެވެ.
އެމްއެންޑީއެފް އިން ބުނީ ރޭ 01:40 ހާއިރު މާލެ ގެނެސްދީފައިވަނީ އުމުރުން 54 އަހަރުގެ ފިރިހެނެއް ކަމަށާއި، އެ މީހާ މާލެ ގެނެސްދީފައިވަނީ ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ) ވެ އިތުރު އަވަސް ފަރުވާއަށް މާލެ ގެންދިއުމަށް ގއ. އަތޮޅު ހޮސްޕިޓަލުން އެ މީހާ ބެއްލެވި ޑޮކްޓަރުން ލަފާ ދެއްވުމުން ކަމަށެވެ.
ވިލިނގިލިން ގެނައި ބަލި މީހާ އާއެކު އެމްއެންޑީއެފް ހެލިކޮޕްޓަރު ޖެއްސީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ. މި މީހާ މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްދީފައި ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.
އެމްއެންޑީއެފް ހެލިކޮޕްޓަރުތަކުގައި ހާލުބޮޑު ބަލި މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާއިރު، އެ ހެލިކޮޕްޓަރުތައް އަނބުރާ ފޮނުވާލާނެ ވެރިޔަކީ އޭނާ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވަނީ ވިދާޅުވެފަ އެވެ.