މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްއައިޓީޑީސީ)ގެ މެެނޭޖިންގ ޑިރެކްޓަރުގެ ކަމަށް ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑް އިން އެ މަޤާމަށް އައްޔަންކުރައްވާފައި ވަނީ ހ. ސްވޯޑް، މުހައްމަދު ރާއިދު އެވެ. އޭނާ އެ މަޤާމަށް އައްޔަންކުރެއްވީ މިއަދު އެވެ.
އެމްއައިޓީޑީސީ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިންޓެގްރޭޓެޑް ޓޫރިޒަމް މަޝްރޫޢުތައް ހިންގުމަށް އުފެއްދެވި ކުންފުންޏެކެވެ.
މީގެ އިތުރުން، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑުން ވަނީ އިއްޔެ ޕީއެސްއެމްގެ ބޯޑަށާއި، ފެނަކަ އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އިތުރުން މޯލްޑިވް ގޭސްގެ ބޯޑަށް ވެސް މެމްބަރުން އައްޔަންކުރައްވައިފަ އެވެ.