Last Updated: July 27, 10:03
Monday, July 27, 2026
ޚަބަރު

މުލީގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

މ. މުލީ ފާމަސީގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 7:57 ހާއިރު މުލީގައި އަމިއްލަ ފަރާތަކުން ހިންގާ ފާމަސީއެއްްގައި މަސައްކަތް ކުރާ ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލަ އެއް ހުށަހަޅާފައިވާ ކަމަށެވެ. އެމައްސަލަ ފުލުހުން ތަހްގީގު ކުރަމުން އަންނަ އިރު އިތުރު ތަފްސީލެއް ހާމަ ނުކުރެއެވެ.

މުލީ ރީޖަނަލް ހޮސްޕިޓަލުން ބުނީ ޒަހަމްވެެގެން ގެނައި މީހާއަށް ފަރުވާ ދެމުން އަންނަ ކަމަށާއި، ސީރިއަސް އަނިޔާއެއްް ލިބިފައި ނުވާކަމަށެވެ. އެނގިފައިވާ ގޮތުގައި ތޫނު އެއްޗަކުން ހަމަލާދީފައިވަނީ އޭނާގެ ވާއަތު އުޅަނބޮއްޓާއި ދިމާލުންނެވެ.