Last Updated: June 17, 06:17
Wednesday, June 17, 2026
ޚަބަރު

އެމްއެންޑީއެފް ސަދަން އޭރިއާގެ ކޮމާންޑަރަކަށް ކާނަލް އިބްރާހިމް ރަޝީދު

އެމްއެންޑީއެފް ސަދަން އޭރިއާގެ ކޮމާންޑަރުގެ މަޤާމާއި ކާނަލް އިބްރާހިމް ރަޝީދު ހަވާލުވެވަޑައިގެންފި - ފޮޓޯ: ޓްވިޓާ

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ސަދަން އޭރިއާގެ ކޮމާންޑަރުގެ މަޤާމަށް ކާނަލް އިބްރާހިމް ރަޝީދު ހަމަޖައްސަވައިފިއެވެ.

އެމްއެންޑީއެފް އިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ކާނަލް ރަޝީދު، އެ މަޤާމާއި މިއަދު ހަވާލުވެވަޑައިގެންފައިވާ ކަމަށެވެ.

ކާނަލް އިބްރާހިމް ރަޝީދު މިހާތަނަށް ހުންނެވީ ޕްރެޒިޑެންޝަލް ކާޑުގެ ކޮމާންޑިންގ އޮފިސަރުގެ މަޤާމުގައެވެ. އެ މަޤާމާށް ވަނީ މިހާރު ފަޔާ އެންޑް ރެސްކިއުގެ ކޮމާންޑަރު ކާނަލް އަބްދުﷲ ޒުހުރީ ބަދަލުކޮށްފަ އެވެ. އަދި އެމްއެންޑީއެފް ސަދަން އޭރިއާގެ ކޮމާންޑަރުގެ މަޤާމުގައި މިހާތަނަށް ހުންނެވި ކާނަލް އަބްދުﷲ އިބްރާހިމް ވަނީ މިހާރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކޮމާންޑިންގ އޮފިސަރުގެ މަޤާމަށް ބަދަލުކޮށްފައެވެ.