Last Updated: June 17, 06:17
Wednesday, June 17, 2026
ޚަބަރު

ސޯޝަލް މީޑިއާގައި އިންޒާރުދޭ ލިޔުންތައް ފުލުހުން ތަހުޤީޤުކުރަނީ

މުޒާހަރާއެއް ކޮންޓްރޯލް ކުރުމަށް ފުލުހުން ހަރަކާތްތެރިވަނީ

ސޯޝަލް މީޑިއާގައި އިންޒާރުދޭ ގޮތަށް ލިޔެފައި ހުންނަ ލިޔުންތައް ފުލުހުން ތަހުޤީޤުކުރަން ފަށައިފި އެވެ.

މިކަން ހާމަކޮށްފައި ވަނީ ފުލުހުންގެ ރަސްމީ ޓްވީޓާ އެކައުންޓް މެދުވެރިކޮށް މިރޭ ކޮށްފައިވާ ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ބުނެފައި ވަނީ ބައެއް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ނަފްރަތާއި، އިންޒާރުދޭ ފަދަ ގޮތަކަށް ގިނަ ލިޔުންތައް ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން، އެ މައްސަލަތައް ތަހުޤީޤުކުރަމުންދާއިރު، ވާހަކަ ދެކެވޭ ދެ ފަރާތުން ވެސް ނަފްރަތު އުފެދޭފަދަ ވާހަކަތައް، އަދި ޚާއްސަކޮށް އިންޒާރު ދިނުންފަދަ ކަންތައްތަކުން ދުރުހެލިވުމަށް ފުލުހުން ވަނީ އެދިފައެވެ.

ފޭސްބުކް އަދި ޓްވިޓާފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އެކި ފަރާތްތަކަށް ނިސްބަތްކޮށް، ހަޑި ހުތުރު ބަހުން އެއްޗެހި ލިޔެފައި ހުންނަތަން ވަރަށް ގިނައިން ފެނެއެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުޑަތަންވެފައިވާއިރު، އެފަދަ ބޭއަދަބީ ލިޔުންތަކަކީ ސޯޝަލް މީޑިއާގައި ވަރަށް އާންމުވެފައިވާ ލިޔުންތަކެކެވެ.