Last Updated: June 16, 20:09
Tuesday, June 16, 2026
ޚަބަރު

ސިނަމާލެ ބްރިޖުން ދުއްވާފައި ދިޔަ ކާރެއްގައި ރޯވެއްޖެ

ސިނަމާލެ ބްރިޖު މަތިން ދުއްވާފައި ދިޔަ ކާރެއްގައި ރޯވެއްޖެއެވެ.

އެމްއެންޑީއެފް އިން މަޢުލޫމާތު ދޭ ގޮތުގައި އެ ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިރޭ 23:37 ހާއިރު ކަމަށާއި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސަސް ޓީމުން އެ ސަރަޙައްދަށް ދިޔައިރު، އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.

އެމްއެންޑީއެފްގެ މީޑީއާ އޮފިޝަލް ކެޕްޓަން އިބްރާހިމް އާޒިމް އާއި ހަވާލާދީ "ރާއްޖެއެމްވީ" އިން ރިޕޯޓްކުރާ ގޮތުގައި އެ ހާދިސާ ހިނގާފައި ވަނީ ކާރު މެއިންޓެނެންސް ނުކޮށް ގިނަ ދުވަހު އޮތުމުން ކަމަށާއި، އެއީ ކާރުގެ އަޑީތެޔު ބަދަލު ނުކުރުމުގެ ސަބަބުން ދިމާވެފައިވާ ހާދިސާއެއް ކަމަށެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.