Last Updated: April 25, 18:52
Thursday, April 25, 2024
ވިޔަފާރި

އެމް7 ގެ ފޮތްތައް ސަޅި، ފޮތް ސީޒަން ވެސް ސަޅި

ޒަމާނުއްސުރެ ފޮތްބައި އަޅާފައި ދޭ ރަތް ކުލައިގެ ބޮޑު ކޮތަޅު ދޫކޮށްލައި، އުފުލާލެވޭ ގޮތަށް އަތްގަނޑު ލައިގެން ހަދާފައިވާ ޖާލު ކަރުދާސް ފޮށިން ފޮތް މޫސުމަށް އިންގިލާބެއް ގެނުވި އެމް7 އިން މި ފަހަރު ވެސް ތަފާތު ކަމެއް ކޮށްފި އެވެ. މި ވާހަކަ ދައްކަން ތަންކޮޅެއް ލަސްވެއްޖެ ކަމަށް ބައެއް މީހުންނަށް ހީވެދާނެ އެވެ. ނަމަވެސް ލަހެއް ނުވެ އެވެ.

ދިރާސީ އާ އަހަރަށް ސްކޫލުތަކާއި ބެލެނިވެރިން އަދި ދަރިވަރުން ތައްޔާރުވަމުން ދާއިރު، އެމް7 އިން މިފަހަރު ކުރި ތަފާތު ކަމަކީ ޖަޒީރާ ފޮތް ބައި ތައާރަފުކުރުމެވެ.

ޖަޒީރާ މި ލަފުޒު ގިނަ ބައެއްގެ ދޫ މައްޗަށް ފަސޭހަވެފައިވާއިރު، އެމް7 ޖަޒީރާ ފޮތްބައިގައި ޑްރޯވިން ބްލޮކާއި، ގްރާފް ޕެޑާއި، މޮނިޓަރު ފޮތުގެ އިތުރުން އާދައިގެ ފޮތް ވެސް ހިމެނެ އެވެ. މި ބާތްވަތްތަކުގައި ތަފާތު ކުލަތައް ލިބެން އެބަ ހުއްޓެވެ. ގިނަ ބަޔަކަށް އެ ފޮތްތައް ކަމުދިޔަ އެވެ.

އެމް7ގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ރަޝީދު ވިދާޅުވި ގޮތުގައި މި ފަހަރުގެ ފޮތްތަކަށް އެވަރުގެ ބޮޑު ތަރުހީބެއް ލިބިގެންދިޔަ ސަބަބުތަކެއް އެބަ ހުއްޓެވެ. ޖަޒީރާ ތީމްގައި ޑިޒައިންގެ ފޮތްތަކަށް ވުމުގެ އިތުރުން، ކޮލެޓީ ފޮތަށް ވުމަކީ މައިގަނޑު ސަބަބެވެ. އަދި ބުކްޝޮޕަށް ފޮތް ލިސްޓް ހިފައިގެން ޒިޔާރަތްކޮށްލުމުން ނުލާހިކު ނަލަކޮށް ތައްޔާރުކޮށްފައިވާ ކަރުދާސް ފޮއްޓެއްގައި ހުރިހާ ފޮތަކާއި އެހެން ސާމާނު ލިބުމަކީ ވެސް މި ފަހަރުގެ އެމް7 ގެ ފޮތް ސީޒަން، އެހެން ފަހަރުތަކެކޭ ވެސް އެއްގޮތަށް ތަފާތުވި ސަބަބެކެވެ.

"ފޮތް ގަންނަން ބޭނުންވާ ފަރާތްތަކަށް އަޅުގަނޑުމެން ޑެލިވަރީ ވެސް ކޮށްގެން، އަދި ރަށްރަށުގައި މި މަަސައްކަތުގައި ވޮލެންޓިއަރކޮށް ވެސް ބައެއް ފަރާތްތަކުން ފޮތް ބައި ޑެލިވަރީކޮށް ދިނުމުގައި އެހީ ތެރި އެބަވޭ،" އޭނާ ވިދާޅުވި އެވެ.

"މި ފަހަރުގެ ފޮތް ސީޒަން ވަރަށް ކާމިޔާބު. މިހާރު އެންމެ ކޮލިޓީ ފޮތްތަކާއި ސާމާނު ދަނީ ހުސްވަމުން."

އެމް7 އިން ޑިސެމްބަރ 10 ފެށި ބެކް ޓު ސްކޫލް ޕްރޮމޯޝަން ނިމޭނީ މި މަހުގެ 15 ގަ އެވެ.