Last Updated: July 1, 11:57
Wednesday, July 1, 2026
ވިޔަފާރި

ފައިސާ ނުދެއްކިގެން ވިމްލާގެ ސަފާރީ ވިއްކާލަނީ!

ބެންކުން ވިއްކަން އިއްލާން ކޮށްފައިވަ "މަޑިވަރާ 1 " ސަފަރީ. ފޮޓޯ: ބީއެމްއެލް

ސ. ފޭދޫގެ މަޝްހޫރު ވިޔަފާރިވެރިއާ ވިމްލާ އިބްރާހިމް ރަޝީދު ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "ވިމްލާ ކޮންސްޓަރަކްޝަނަށް" ނަގާފައިވާ ލޯނަކަށް ރަހުނުކޮށްފައިވާ "މަޑިވަރާ 1" ސަފާރީ 10.6 މިލިއަން ރުފިޔާ އަށް ވިއްކަން ބޭންކުން އިއްލާންކޮށްފި އެވެ.

ދިގު މިނުގައި 29.750 މީޓަރު އަދި ފުޅާމިނުގައި 8.5 މީޓަރު ހުންނަ މި ސަފާރީއަކީ ފޭދޫ ދެކުނުގެ، އިބްރާހިމް ރަޝީދު (ވިމްލާ) ގެ އަމިއްލަ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ސަފާރީއެކެވެ.

މި ސަފާރީ ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން ދިނުމާއި ގުޅިގެން މިދިޔަ ހަފްތާގައި ބެންކުން ނެރުނު އިއްލާން ގައިވާ ގޮތުން ސަފާރީ ވިއްކާލުމަށް އިއްލާން ކުރުމާއި ވިދިގެން 21 ވަނަ ދުވަހުގެ 1:30 އާ ހުށަހަޅާފައިވާ އެންމެ މަތީ އަގަކީ 10،620،000ރ. ކަމަށެވެ. އަދި އޭގެ ފަހުން އަގު ހުށަހަޅާ ފަރާތްތަކުން މަދުވެގެން 500،000ރ. ހުށަހަޅަން ޖެހޭ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

ބެންކުން ބުނީ އެއް އަގެއް ޖެހިޖެހިގެން ފަސް ދުވަހު އޮވެއް ޖެނަމަ އެ އަގު ހުށަހެޅި ފަރާތަކަށް ސަފާރީ ވިއްކާލާނީ ކަމަށެވެ.