Last Updated: April 25, 22:42
Thursday, April 25, 2024
މުނިފޫހިފިލުވުން

"އޭކް ލަޅްކީ ކޯ ދޭކާ ތޯ އޭސާ ލަގާ"ގެ ޓައިޓަލް ލަވަ ނެރެފި

"އޭކް ލަޅްކީ ކޯ ދޭކާ ތޯ އޭސާ ލަގާ"ގެ ޓައިޓަލް ލަވަ ނެރެފި އެވެ.

މި ލަވައަކީ "1942: އަ ލަވް ސްޓޯރީ"ގެ އޮރިޖިނަލް ލަވައިގެ ރީމޭކް އެކެވެ. މިހާރު ރިލީޒްކުރި އާ ލަވަ ކިޔައިދީފައި ވަނީ ދަރްޝަން ރާވަލް ކަމުގައިވާއިރު، އެ ލަވަ ކޮމްޕޯޒްކުރީ ރޯޗަކް ކޯލީ އެވެ. އަދި މި ލަވަ ލިޔެފައި ވަނީ ގުރްޕްރީތު ސައިނީ އެވެ.

މި ފިލްމްގެ ޓްރެއިލާ މިދިޔަ ޑިސެމްބަރ މަހުގެ 27 ގައި ނެރެފައިވާއިރު، އެ ޓްރެއިލާ އިން ފެނިގެންދަނީ ލޯބީގެ ތަފާތު ވާހަކައެކެވެ. މި ފިލްމްގެ ލީޑް ރޯލްތަކުން ފެނިގެންދާނީ ބޮލީވުޑްގެ މަޝްހޫރު ތަރި އަނީލް ކަޕޫރް އާއި އޭނާގެ ދަރިފުޅު އަދި ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރް އެވެ.

އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމަކީ ޝެލީ ޗޯޕްރާ ދަރް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މި ފިލްމަކީ ބައްޕައަކާއި އޭނާގެ އަންހެން ދަރިފުޅާއިމެދު އޮންނަ ގުޅުމުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމްގެ މުހިންމު ރޯލްތަކުން ޖޫހީ ޗާވްލާ އާއި ރާޖްކުމާރް ރާއޯ ވެސް ފެނިގެންދާނެ އެވެ.