Last Updated: June 10, 11:16
Wednesday, June 10, 2026
ޚަބަރު

ޑޮލަރު ގަތުމުގެ ނަމުގައި އެމްޕީއެލްއިން އެމްއެމްޕީއާރުސީއަށް 80 މިލިއަން ރުފިޔާ ނަގާފައިވޭ: ޝާޑު

ޑޮލަރު ގަތުމުގެ ނަމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް) އިން 80 މިލިއަން ޑޮލަރު އެމްއެމްޕީއާރްސީއަށް ދީފައިވާ ކަމަށާއި، އެފައިސާ ކުންފުންޏަށް ލިބިފައި ނުވާކަމަށް އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރ ޝާހިދު އަލީ (ޝާޑު) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝާޑު ވިދާޅުވީ އެމްއެމްޕީއާރްސީއަށް ޑޮލަރު ގަތުމުގެ ނަމުގައި އެމްޕީއެލްއިން އެޑްވާންސްކޮށް 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީފައިވާކަން ކުންފުނީގެ ލިޔެކިއުންތަކުން އެނގެން ހުރިކަމަށެވެ. އަދި އެ ފައިސާގެ ތެރެއިން މިހާތަނަށް 70 މިލިއަން ރުފިޔާ ނުލިބިވާ ކަމަށެވެ.

ޝާޑު ވިދާޅުވީ އެފައިސާ ކުންފުންޏަށް ހޯދުމަށް ކޯޓު މަރުހަލާއިން ކުރަން ޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ޝާޑު ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާގެ މައްސަލަތަކަކީ މިހާރު އޭސީސީ އާއި ކަމާއި ބެހޭ ފަރާތްތަކުން ތަހްގީގު ކުރަމުން އަންނަކަމަށެވެ. އަދި އެފަރާތްތަކާއި އެކު އެފައިސާ ހޯދުމަށް ކުންފުނިން މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ.

ޝާޑު ވިދާޅުވީ ކުންފުނީގެ މިހާރު އޮތް ހާލަތު އޮތް ގޮތުން ގިނަ ގޮން ޖެހުން ހުރިކަމަށެވެ. އެގޮތުން ކުންފުންޏަށް ބޭނުންވާ އަދަދަށްވުރެ ގިނަ މުވައްޒަފުން ފާއިތުވި ދުވަސް ތަކުގައި ވައްދާފައިވާ ކަމަށެވެ. އަދި އެމުވައްްޒަފުންނާއި މެދު އަމަލު ކުރާނެ ގޮތް ކުންފުނީގެ އެކި ޑިޕާޓްމަންޓުތަކުގެ ވެރިންނާއި އެކު މަޝްވަރާކޮށް ކުރިއަށް ގެންދާ ކަމަށެވެ.