ޗެނަލް 13ގެ ކުރީގެ ޕްރެޒެންޓަރ ލަޔާލް މަނިކު ދިރިއުޅޭގެ ފުލުހުން ބަލައި ފާސް ކުރަން ފަށައިފިއެވެ.
ޗެނަލް 13 އިން ބުނެފައިވާ ގޮތުގައި ލަޔާލް ދިރިއުޅޭ ގެ ހ. ދޮންއަންނާރުގޭގެ ފަސްވަނަ ފަންގިފިލާ ފުލުހުން ބަލައި ފާސް ކުރަމުން ދަނީ ކޯޓު އަމުރެއް ދެއްްކުމެއް ނެތިކަމަށެވެ.
އެޗެނަލްއިން ލަޔާލު އާއި ހަވާލާދީ ބުނެފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އޭނާގެ ދިރިއުޅުމަށް ދަތިކުރަމުންދާ ކަމަށެވެ.
ފުލުހުންވެސް ވަނީ ހ. ދޮންއަންނާރުގެ ބަލައި ފާސްކުރަމުން އަންނަކަން ކަށަވަރުކޮށްދީފައެވެ.
ލަޔާލުއަށް ރައީސް ޔާމީން ވަނީ މަތިވެރި ދާއިރާއަށް ޕީޕީއެމް ޓިކެޓުގައި ވާދަކުރުމަށް ޓިކެޓު އަރުވާފައެވެ.