Last Updated: June 10, 14:00
Wednesday, June 10, 2026
މުނިފޫހިފިލުވުން

"ވެލްކަމް 2" ގައި ޖޯން އާއި ސޮނާކްޝީ

އަނީސް ބަޒްމީ 2007 ވަނަ އަހަރު ގެނެސް ދިން ކާމިޔާބް ފިލްމް "ވެލްކަމް" ގެ ސީކްއެލް "ވެލްކަމް 2" ގެ ލީޑް ރޯލަށް ޖޯން އަބްރަހަމް އާއި ސޮނާކްޝީ ސިންހާ ސޮއިކޮށްފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސީކްއެލްގައި ޖޯން ކުޅޭނީ "ވެލްކަމް" ގައި އަކްޝޭ ކުޅުނު ރޯލެވެ. އަދި ސޮނާކްޝީ ކުޅޭނީ ކެޓްރީނާ ކެއިފް ކުޅުނު ރޯލެވެ. މިއީ ޖޯން އާއި ސޮނާކްޝީ އެކުގައި ފިލްމަކުން ފެންނަ ފުރަތަމަ ފަހަރު ވެސް މެ އެވެ.

މީގެ އިތުރުން "ވެލްކަމް" ގައި މަލިކާ ޝަރާވަތު ކުޅުނު ރޯލުން ފެނިގެން ދާނީ ކައިނާތު އަރޯރާ އެވެ. އަދި ކުރީ ފިލްމާ އެއްްގޮތަށް "ވެލްކަމް 2" އިން އަނިލް ކަޕޫރާއި ނާނާ ޕަޓޭކަރު ވެސް ފެނިގެން ދާނެ އެވެ.

މި ފިލްމްގެ ޝޫޓިން އަންނަ މަހު ދުބާއީގައި ފެށުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.