ރާއްޖޭގައި އެންމެ ފުޅާކޮށް ޗާޕު ކުރުމުގެ ހިދްމަތް ދެމުން އަންނަ ނޮވެލްޓީގެ ވެރިޔާ އަލީ ހުސެއިން އަވަހާރަވެއްޖެއެވެ.
އަލީ ހުސެއިންނަކީ ދިވެހި ބަހާއި ތާރީހަށް ގިނަ ގުނަ ހިދްމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ޗާފު ކުރުމުގެ ހިދްމަތް މާލޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެމުންދާ އިރު ފަހަކަށް އައިސް އަލީ ހުސެއިން ވަނީ ގިނަ އަދަދެއްގެ ފޮތްތަކެއް ޕަބްލިޝް ކުރައްވާފައެވެ.
އަލީ ހުސެއިންގެ ހިދްމަތުގެ އަގު ސަރުކާރުން ވަޒަންކޮށް ޗާޕުގެ މަސައްކަތް ތަރައްޤީ ކުރުމުގެ ދާއިރާއިން އާއްމު ހިދުމަތުގެ ޝަރަފްވެރިކަމުގެ އިނާމް 2003 ވަނަ އަހަރު ދީފަ އެވެ. އަދި ހިތްވަރު ދިނުމުގެ އިނާމާއި މިނިވަން 25ގެ އިނާމުވެސް އަލީ ހުސެއިންއަށް ވަނީ ސަރުކާރުން އަރުވާފައެވެ.
ތަފްސީލް އަންނަނީ…..