Last Updated: June 10, 09:21
Wednesday, June 10, 2026
ޚަބަރު

ސުއޫދުގެ އިހްލާސްތެރިކަމެއް ނެތް: ޑީޖީއޭ

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުޤީޤްކުރާ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނާއި ގުޅޭގޮތުން ދައްކަވާފައިވާ ވާހަކަ ތަކުގެ ތަފްސީލު ސުޕްރީމް ކޯޓަށް ދިނުމަށް އިންކާރު ކުރުމަކީ ސުއޫދުގެ އިހްލާސްތެރިކަން ނެތްކަމަށް ޑިޕާޓްމަންޓު އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖީއޭ)އިން ބުނެފިއެވެ.

ޑީޖީއޭއިން މިހާރު ކުރިއަށްގެންދާ ނޫސް ކޮންފަރެންސްގައި ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރ އަހްމަދު މާޖިދު ވިދާޅުވީ ޑިސެމްބަރ 30 ވަނަ ދުވަހު މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނުން ބޭއްވި ނޫސް ކޮންފަރެންސްގައި ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ދެއްކެވި ވާހަކަތަކުގެ މައުލޫމާތު ޖެނުއަރީ 6 ވަނަ ދުވަހުގެ ކުރިން ސުޕްރީމް ކޯޓާއި ހިއްސާ ކުރުމަށް އެދުމުން އެމައުލޫމާތު ހިއްސާ ކޮށްފައި ނުވާ ކަމަށެވެ.

މާޖިދު ވިދާޅުވީ ކަމިޝަންގެ ފަރާތުން އިއްޔެ ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީގައި އެމައުލޫމާތު ކޯޓާއި ހިއްސާ ނުކުރެއްވާނެކަން އަންގާފައިވާކަމަށެވެ. އަދި އެގޮތަށް ކޮމިޝަނުން އެންގީ އެކަމުގައި ސައްހަ ހެކިތަކެއް ނެތުމުންކަމަށް ގަބޫލް ކުރައްވާކަމަށެވެ. އަދި މިކަމަކީ ހުސްނުއް ސުއޫދުގެ އިހްލާސްތެރިކަމެއް ނެތްކަން ދިވެހި ރައްޔިތުންނަށާއި ޖުޑިޝަރީ ގަބޫލް ކުރެވޭ ކަމެއް ކަމަށެވެ.

ތަފްސީލް އަންނަނީ…..