Last Updated: June 8, 09:28
Monday, June 8, 2026
ޚަބަރު

ބާތިލުކުރީ ރަޖަމުގެ ހުކުމް، މައްސަލަ އެއް ނުނިންމާ: ޑީޖޭއޭ

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު - ފޮޓޯ: ގޫގުލް

ނައިފަރު އަންހެނެއްގެ މައްޗަށް ޒިނޭގެ ކުށް ސާބިތުވެ، ރަޖަމު ކުރުމަށް އެރަށު މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ގަވާއިދާއި ޚިލާފު ކަމަށް ނިންމައި ބާތިލުކުރި ނަމަވެސް އެ މައްސަލަ ކުރިއަށް ދާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފިއެވެ.

ޑީޖޭއޭގެ ލީގަލް އޮފިސަރ ފައިސަލް އާދަމް ވިދާޅުވީ އެ މައްސަލަ ކުރިއަށް ގެންދަންވީ ގޮތް ސުޕްރީމް ކޯޓުން ނައިފަރު މެޖިސްޓްރޭޓް ކޯޓަށް އަންގާފައިވާ ކަމަށެވެ.

ނައިފަރު މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމުގައި ޒިނޭ ކުރިކަން ސާބިތުވެ އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތަށް ރަޖަމު ކުރުމަށް ހުކުމް ކޮށްފައިވާއިރު ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ކޮށްފައިވަނީ ޖިންސީ ކުށުގެ ގާނޫނުގެ 27 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނެ ހުކުމް ބާތިލުކޮށްފައެވެ.