Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

ފަސް މީހަކު ކޯޓަށް ހާޒިރު ކުރުމަށް ހޯދަނީ

ފޮޓޯ: ޕޮލިސްލައިފް

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޟިރުކުރުމަށް ފަސް މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މި ފަސް މީހުން ހޯދަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި އަމުރުތަކާ ގުޅިގެން ހޯދަމުންދާ ފަސް މީހުންނަކީ، ގ. ޒަމާނީއާކުލަ، އިސްމާޢީލް ސާމިޙު އަޙްމަދު (37އ) އާއި ތ.ތިމަރަފުށި، ބުރެވިމާގެ، އިބްރާހިމް ރަޝީދު (53އ) އާއި ހުޅުމާލެ ފްލެޓް 06-2-69، އަޙްމަދު މުޙައްމަދު (38އ) އާއި ރ. ކަނދޮޅުދޫ، ދޮންވެލި، މުޙައްމަދު ރީހާން (33އ) އާއި ސ.މީދޫ، މިރާޒް، މުޙައްމަދު ޟިރާރު (39އ) އެވެ.

މިމީހުންގެ ތެރެއިން އިސްމާޢީލް ސާމިޙު އަޙްމަދު އާއި އިބްރާހިމް ރަޝީދު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ސާބިތުދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރު ކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ޖެނުވަރީ 13 ވަނަ ދުވަހުގެ 11:45 އަށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ.

އަޙްމަދު މުޙައްމަދު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛްކުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ޖެނުވަރީ 13 ވަނަ ދުވަހުގެ 11:15 އަށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

މުޙައްމަދު ރީހާން ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާއި ގުޅިގެން އެކޯޓަށް ޙާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ޖެނުވަރީ 13 ވަނަ ދުވަހުގެ 13:00 އަށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

މުޙައްމަދުޟިރާރު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛްކުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ޖެނުވަރީ 13 ވަނަ ދުވަހުގެ 11:20 އަށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

މިމީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.