Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ދެކުނުގެ ބައެއް ރަށްތަކަށް ގުުގުރުމާއެކު ބޯކޮށްވާރޭ ވެހޭނެ: މެޓް އޮފީސް

ފޮޓޯ: ގޫގުލް

މިއަދު ދެކުނުގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި މީގެ ތެރެއިން ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާ(މެޓް އޮފީސް) އިން ބުނެފިއެވެ.

އިރުއުތުރާއި އިރުން މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 3 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.

މެދުތެރޭގެ އަތޮޅުތަކަށް ކަނޑު އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.