Last Updated: July 1, 11:57
Wednesday, July 1, 2026
ޚަބަރު

އެކްސިޑެންޓްވި ސިފައިންގެ މީހާ މާލެ ގެންދަނީ

ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓެއް، ރޭ ހިނގި އެކްސިޑެންޓްގައި އަނިޔާވި ސިފައިންގެ މީހާ މާލެ ގެންދަނީ.

ރޭ ލިންކް ރޯޑު ކުނިކޮށި ހިސާބުން ސައިކަލަކާއި، ބައިސިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި ސިފައިންގެ މީހާ އިތުރު ފަރުވާ އަށް މާލެ ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އާއިލާ އިން ބުނެފި އެވެ.

އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ހިތަދޫގައި ހުންނަ އެމްއެންޑީއެފް ސްޓޭޝަނުގައި މަސައްކަތްކުރާ މަރަދޫ، މޫސާ ސާއިމް ކިޔާ މީހެކެވެ.

"އައްޑޫ ލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސައިކަލާއި ބައިސިކަލް ޖެހި ހިނގި އެކްސިޑެންޓްގައި ދެ މީހުން ކުރެ މީހަކަށް ބޭރު ފުށުން ބޮޑު އަނިޔާއެއް ލިބިފައިވާކަން ފެންނާކަށް ނެތެވެ. ނަމަވެސް ސާއިމް ވިއްސައިގެން ގޮސް ހެލްމެޓާއި އެކު އޭނާގެ ބޯ ލިންކު ރޯޑުގައި ޖެހިފައިވާ ކަމަށްވެ އެވެ. އަދި އެކްސިޑެންޓްވި ސައިކަލް އޮތީ އެކްސިޑެންޓް ވިތަނާ 100 ފޫޓު ދުރުގައި ކަމަށް މައުލޫމާތު ލިބެ އެވެ.

އާއްމު ކޮށް ލިންކް ރޯޑުގެ އެކްސިޑެންޓް ހިނގާ ސަރަހައްދެއްގައި ހިނގި މި އެކްސިޑެންޓަށްފަހަށް ސާއިމް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް އެކްސްރޭ ނަގާފައިވާ އިރު އަދި އެއްވެސް އަނިޔާއެއް ފެންނަން ނެތްކަމަށް ވެއެވެ.

ނަމަވެސް އޭނާގެ ބޯ ޖެހުމާ ގުޅިގެން އިތުރު ފަރުވާ ދިނުމަށް މާލެ ގެންދިއުމުގެ މަސައްކަތް އެމްއެންޑީއެފްއިން ކުރަމުން އެބަ ގެންދެ އެވެ.