Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

މަޖްލިސް 19 އެމްޑީޕީއަށް މެޖޯރިޓީ ދިނުމަށް މުޅި ރާއްޖެ ދަނީ ރުކުރުވާލަމުން: ނަޝީދު

ނަޒާހަތްތެރި، ރައްޔިތުންގެ ބޭނުން އެކަނި ފުއްދާދޭ މަޖްލިސްއަކަށް 19 ވަނަ ރައްޔިތުންގެ މަޖްލިސް ހެދުމަށް އެމްޑީޕީއަށް މެޖޯރިޓީ ދިނުމަށް މުޅި ރާއްޖެ ރުކުރުވާލަމުން އަންނަކަމަށް އެމްޑީޕީގެ ރައީސް އަދި މަޖްލިސް އިންތިހާބުގައި މައްޗަންގޯޅި މެދު ދާއިރާއަށް ކުރިމަތިލައްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހިންވަރު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ ޖީހާން މަހުމޫދުގެ ކެމްޕެއިން ޖަލްސާގައި ހިންނަވަރުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ހިންނަވަރު ރައްޔިތުން މިފަހަރުގެ މަޖްލިސް ގޮޑި އެމްޑީޕީން ގެއްލުވާ ނުލާނެކަމަށާއި، އެރަށު ރައްޔިތުންނަކީ އެއަށްވުރެ މާ ބޮޑަށް ތަސައްރަފު ފުދިފައިވާ ރައްޔިތުން ދިރިއުޅެމުންދާ ރަށެއް ކަމަށެވެ.

ނަޝީދު ވިދާޅުވީ މަޖްލިސް އިންތިހާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ރާއްޖޭގެ އެކި ކަންކޮޅު ތަކުން ދައްކަމުންދާ ވާހަކައިގެ އަޑު އިވެމުންދާ ކަމަށާއި މަޖްލިސް 19ގެ މަޖްލިސް މެޖޯރިޓީ އެމްޑީޕީއަށް ދިނުމަށް މުޅި ރާއްޖެ ރުކުރުވާލަމުން އަންނަ ކަމަށެވެ.

ހިންނަވަރު ރައްޔިތުންނާއި މުހާޓަބު ކުރައްވަމުން ނަޝީދު ވިދާޅުވީ އެރަށުގެ ވަށައިގެން 10 ރިސޯޓު ހިންގަމުން އަންނަ އިރު އެރިސޯޓު ތަކުން ހިންނަވަރާއި، ނައިފަރު އަދިވެސް ކައިރިގައި ތިބި ރަށްތަކަށް އެއްވެސް މަންފާއެއް ނުކުރާ ކަމަށާއި، މަޖްލިސް 19 ގެ ތެރެއިން ރައްޔިތުން ބޭނުންވާ ހައްގު މިންވަރު ކަށަވަރުކޮށްދެއްވާނެކަމަށެވެ.

އެމްޑީޕީ ވެރިކަމުގައި ހިންނަވަރު ވަރުގެ ބޮޑުތަނެއް ހިއްކި ނަމަވެސް ކައިވަތެއްގެ މިންވަރުވެސް ބޯހިޔާވަހިކަަމަށް އެރަށުން ދޫކޮށްފައި ނުވާކަން ފާހަގަ ކުރަމުން ނަޝީދު ވިދާޅުވީ އެރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދޭނެ ގާނޫނީ ބެލެނިވެރިކަމެއް މަޖްލިސް 19ގެ ތެރެއިން ހޯދައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދު ރަނުން ރަނަށް ފުއްދައިދޭނެކަމަށެވެ.

ނަޝީދު ވަނީ ހިންނަވަރާއި، ނައިފަރު އަދި ފެލިވަރު ގުޅުވާލުމަށް މި ވެރިކަމުގެ ފަސް އަހަރު މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.