Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ފޯރިގަދަ ގޭމު ޕްރޮމޯޝަނެއް އުރީދޫން ފަށައިފި

އުރީދޫއިން ފޯނު މެދުވެރިކޮށް އެސްއެމްއެސް ކޮށްގެން ކުޅޭ ގޭމެއް، ޕްރޮމޯޝަނެއްގެ ގޮތުގައި ފަށައިފިއެވެ.

"ހޭންގްމޭން" ގޭމަށް ބިނާކޮށް އުރީދޫން ފެށި މިޕްރޮމޯޝަނަކީ "ގެސް ދަ ވޯޑް" އެވެ. މީގައި މަތީ ސްކޯ ހޯދައިގެން ޑޭޓާ ޕެކޭޖުތަކުން ފެށިގެން ސްމާޓް ފޯނާއި އެޕަލް މެކްބުކްވެސް ހާސިލް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ތަފާތު އެކި ބަސްތައް ދިމާކޮށްގެން ކުޅޭ މިގޭމުގައި ބައިވެރިވުމަށް “GO" ޖެއްސެވުމަށް ފަހު 4646 އަށް މެސެޖެއް ފޮނުވާލުމުން ބައިވެރިވެވޭނެއެވެ. މިމަހުގެ 10 އިން އެޕްރީލް 10 ވަނަ ދުވަހާ ހަމައަށް އޮންނަ މި ޕްރޮމޯޝަނުގައި ކޮންމެ ދުވަހަކު އެންމެ މަތިން ސްކޯ ހޯދާ މީހަކަށް 1.5 ޖީބީގެ ޑޭޓާ ލިބޭނެއެވެ.

އަދި ކޮންމެ 15 ދުވަހަކުން ވެސް އެންމެ މައްޗަށް ދާ ކުޅުންތެރިޔަކު އުރީދޫން ހޮވައެވެ. އެ ކުޅުންތެރިޔަކަށް އެޕަލްގެ އައިފޯން އެކްސްއެއް ލިބޭ އިރު މުޅި މުބާރާތުން އެއްވަނަ ހޯދާ ކުޅުންތެރިޔަކަށް މެކްބުކެއް ލިބެއެވެ. މުޅި މުބާރާތުން ދެވަނައާއި ތިންވަނަ ވެސް ހޮވާއިރު ދެވަނައަށް ސެމްސަންގ ގެލެކްސީ ނޯޓް 9 އެއް ލިބޭއިރު ތިންވަނައަށް އެޕަލް އައި ވޮޗެއް ލިބޭނެއެވެ.