Last Updated: June 8, 07:06
Monday, June 8, 2026
ޚަބަރު

މޫދަށް އެރި އުޅުނު ދެ ފަތުރުވެރިން މަރުވެއްޖެ

ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލުމަށް އައިސްފައިވާ ފިލިޕިންސްގެ ދެ ފަތުރުވެރިޔަކު މިއަދު މޫދަށް އެރި އުޅެނިކޮށް މަރުވެއްޖެއެވެ.

ކ. ދިއްފުއްޓާއި މީރު ފެންފުށި ރިސޯޓު ދިމާލުން މޫދަށް އެރި އުޅެނިކޮށް ގެއްލިގެން ހޯދަމުން ދަނިކޮށް މި ދެފަތުރުވެރިން ފެނިފައިވަނީ މަރުވެފައި ވަނިކޮށެވެ.

މަރުވެފައިވަނީ ފިލިޕިންސް ގެ ދެމަފިރިން ކަމަށް މައުލޫމާތު ލިބިފައިވާއިރު އެއީ އުމުރުން 30 އަހަރުގެ އަންހެނަކާއި 29 އަހަރުގެ ފިރިހެނެކެވެ. އަދި އެމީހުން ރާއްޖެ އައިސްފައިވަނީ ދިއްފުށި ގެސްޓް ހައުސްއަކަށް ޗުއްޓީ ހޭދަކޮށްލުމަށެވެ.

ދެމަފިރިން ފެނިގެން ދިއްފުށި ސިއްހީ މަރުކަޒަށް ގެންދެވުނު އިރުވެސް މަރުވެފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.