ޕެޓްރޯލާއި ޑީސަލްގެ އަގު އެސްޓިއޯއިން މިއަދުން ފެށިގެން އަނެއްކާވެސް ހެޔޮކޮށްފިއެވެ.
އެސްޓިއޯއިން ބުނީ އެކުންފުނިން ވިއްކާ ޕެޓްރޯލުން 1 ރުފިޔާ އަދި ޑީސަލްއިން 2 ރުފިޔާ ހެޔޮކޮށްފައިވާ ކަމަށެވެ. އެގޮތުން މިހާރު ޕެޓްރޯލު ލީޓަރެއް 10.19 ރުފިޔާއަށް ވިއްކާ އިރު ޑީސަލް ލީޓަރެއްގެ އަގަކީ 9.99 ރުފިޔާއެވެ.
އެސްޓިއޯއިން ވަނީ މިދިޔަ ނޮވެމްބަރ މަހުގެ 13 ވަނަ ދުވަހުވެސް ޑީސަލާއި ޕެޓްރޯލްގެ އަގު ހެޔޮކޮށްފައެވެ.