Last Updated: June 8, 06:42
Monday, June 8, 2026
ޚަބަރު

ކާރެއް ކޮންޓްރޯލް ނުވެ އެސްބީއައި ތެރެއަށް ވަދެއްޖެ

ހިތަދޫ ބޮޑުމަގުގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިޔާ – ހިތަދޫ ބްރާންޗުގެ ތެރެއަށް ކާރެއް ކޮންޓްރޯލް ނުވެ ގޮސް ވަދެއްޖެއެވެ.

އެސްބީއައި ބްރާންޗުގެ ބިއްލޫރި ކުޑަދޮރު ތަޅައިގެން ގޮސް ކާރުގެ ކުރީކޮޅު އޮތީ ބެންކު ތެރެއަށް ވަދެފައެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓު ވެފައިވަނީ އަންހެނުންގެ ކޮމިޓީގެ ނައިބު ރައީސާ، އާމިނަތު ޝިހާބުގެ ކާރެވެ.

ފުލުހުން މިހާރު އެކްސިޑެންޓު ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނައިރު ކާރު އެތަނުން ނެގުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.