Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ކިނބުލެއް އެޔަށް ކާންދޭންދިޔަ ސައިންޓިސްޓަކު ކާލައިފި

އިންޑޮނޭޝިއާގައި ކިނބުލަކަށް ކާންދޭންދިޔަ ސައިންޓިސްޓަކު، އެ ކިނބޫ ކާލައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުން މޭރީ ނަމަކަށް ކިޔާ އެ ކިނބޫ ސައިންޓިސްޓް ޑީޒީ ޓޫވޯ ނަމަކަށް ކިޔާ އެ އަންހެންމީހާ ކާލާފައިވަނީ އޭނާ އެޔަށް ކާންދޭންގޮސް 8 ފޫޓުގެ ފާރެއްގެ މަތިން ކާއެއްޗެހި ފޯރުކުރުމަށް އުޅުމުގެ ތެރޭގައި އޭނާ ދަމާ ކިނބޫ އޮންނަ ތަނަށް ވައްޓާލައިގެންނެވެ.

17 ފޫޓުގެ ބޮޑު ކިނބޫ ބާއްވާފައި އޮންނަނީ އިންޑޮނޭޝިއާގެ ރަށެއް ކަމަށްވާ ސްލަވެސީގެ ސީވީ ޔޮސިކީ ލެބޯޓްރީގައެވެ.

44 އަހަރުގެ ޓޫވޯ ކިނބުލުގެ ދަތްތަކުން އޭނާގެ ހަށިގަނޑު ސަލާމަތްކުރަން ތެޅިފޮޅުނު މަންޒަރު ފެނިފައިވާ ކަމަށް މަންޒަރު ދުށް ބައެއް ލެބޯޓްރީ ސްޓާފުން ވަނީ ޕޮލިހަށް މައުލޫމާތު ދީފައެވެ.