Last Updated: March 28, 18:00
Thursday, March 28, 2024
ޚަބަރު

ކާރެއް ކޮންޓްރޯލް ނުވެ އޭދަފުށީ މިސްކިތަކަށް ވަދެއްޖެ

އޭދަފުށީ މިސްކިތުގެ ތެރެއަށް ކާރެއް ވަދެފައި، ފޮޓޯ: އެދަފުށީ ޓައިމްސް

އޭދަފުށީގައި ކާރެއް ކޮންޓްރޯލް ނުވެ މިސްކިތަކަށް ވަދެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓު ހިނގާފައިވަނީ މިއަދު ހެނދުނު 10:35 ހާއިރު ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ކާރެއ ކޮންޓްރޯލް ނުވެ އެރަށު ބަނދަރު މަތީގައި ހުންނަ މަސްޖިދުއް ޔޫސުފް މިސްކިތު ފާރުގައި ޖެހިގެންނެވެ. އެކްސިޑެންޓް ހިނގި ވަގުތު ކާރުގައި ޑްރައިވަރާއި އެކު އިތުރު މީހަކު ހުރި ނަމަވެސް ދެމީހުން ކުރެ މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ.

މި ހާދިސާގައި ޑްރައިވަރަށް ގެއްލުމެއް ލިބިފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ. ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން މިހާރު ދަނީ ހަރަކާތްތެރި ވަމުންނެވެ.

މިއަދު ފަތިހު ހުޅުމާލޭ ހައިވޭގައި ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑާ ތަކެއް ފުނޑުފުނޑު ވެފައިވާ އިރު މީގެ ދެ ދުވަސް ކުރިން އައްޑޫ ސިޓީ ހިތަދޫގައި ކާރެއް ވަނީ ހިތަދޫ އެސްބީއަައި ބްރާންޗު ތެރެއަށް ވަދެފައެެވެ.

.