Last Updated: April 26, 06:01
Friday, April 26, 2024
ޚަބަރު

ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެންވޭ: މެޓް އޮފީސް

މިއަދު މޫސުމަށް ބަލާއިރު ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި އަދި މެދުތެރޭގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާ(މެޓް އޮފީސް) އިން ބުނެއެވެ.

ދެކުނުގެ އަތޮޅުތަކަށް ވިއްސާރަވި ކަމުގައިވިޔަސް އުތުރުގެ މޫސުމް އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

އިރުއުތުރާއި އިރުން މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ގަޑިއަކު 3 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ. އަދި ކެރިގަނޑުގައި ގާތްގަނޑަކަށް 30 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

މެދުތެރޭގެ އަތޮޅުތަކުގެ ކަނޑު އާދައިގެ ވަރަކަށް ގަދަވެފައި ކެރިގަނޑުގައި ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.