Last Updated: April 24, 06:02
Wednesday, April 24, 2024
ޚަބަރު

"އޭބީސީޑީ 3" ގެ ސްޓްރީޓް އަދި ހިޕް ހޮޕް ޑާންސް ޓްރެއިނަރަކީ ޔޫކޭގެ މީހެއް

މަޝްހޫރު ފިލްމް ކޮރިއޮގްރާފާ ރެމޯ ޑިސޫޒާގެ ފިލްމް އޭބީސީޑީ ސީރީޒްގެ 3 ވަނަ ފިލްމުގެ ބަތަލުން ކަމަށްވާ ވަރޫން ދަވަން އަދި ޝްރައްދާ ކަޕޫރުގެ ސްޓްރީޓް އަދި ހިޕް ހޮޕް ޑާންސް ޓްރެއިނަރަކީ ޔޫކޭގެ މަޝްހޫރު ކޮރިއޮގްރާފަރެކެވެ.

"އޭބީސީޑީ 2" އިން ވެސް ފެނިގެން ދިޔަ މި ދެތަރިންގެ ޑާންސް ޓްރެއިނަރަކީ ޔޫކޭގެ ޑާންސަރެއް ކަމަށްވާ ޓަޝަން މުއިރްއެވެ.

މި ފިލްމު ސީރީޒްގެ ސަޕޯޓަރުން ދަނީ ވަރޫން އަދި ޝްރައްދާގެ ފަރާތުން ސްޓްރީޓް އަދި ހިޕް ހޮޕްގެ އިތުރުން ޕޮޕިންގ އެންޑް ލޮކިންގ އަދި ޔޫރަޕިއަން ހިޕް ހޮޕް ފަދަ ޑާންސް ސްޓައިލްތައް ފެންނާނެ ކަމަށް އުއްމީދު ކުރަމުންނެވެ.

މި ފިލްމުގެ މަސައްކަތް ހަތް ދުވަހުގެ ޝެޑިއުލްއަކަށް ބަހާލައިގެން އަންނަ ހަފްތާގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް ޓައިމްސް އޮފް އިންޑިއާ އިން ރިޕޯޓް ކުރެއެވެ.

މި ފިލްމުގެ ޑާންސް މަންޒަރުތައް ނެގުމަށް ވަނީ ލަންޑަންގައި 40 ދުވަހުގެ ޝެޑިއުލްއެއް ކުރެވިފައެވެ.