Last Updated: March 29, 18:55
Friday, March 29, 2024
މުނިފޫހިފިލުވުން

ރޮބާޓް ޕެޓިންސަންގެ "ހައި ލައިފް"ގް ޓްރެއިލާ ދައްކާލައިފި

"ހައި ލައިފް"ގެ ޕޯސްޓަރުތަކެއް - ފޮޓޯ: ޓްވިޓާ

ކްލެއަރ ޑެނިސްގެ ސައިންސް-ފިކްޝަން ތްރިލާ ފިލްމް ކަމުގައިވާ "ހައި ލައިފް"ގެ ޓްރެއިލާއެއް އޭ24 އިން ނެރެފި އެވެ.

ރޮބާޓް ޕެޓިންސަން، އޮންޑްރޭ 3000 އަދި ޖޫލިއެޓް ބިނޯޝް ފެނިގެންދާ މި ފިލްމަކީ ޖައްވަށް ދަތުރުކުރާ ކުށްވެރިންތަކެއްގެ މަރުގެ ވާހަކައިގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

2018 ވަނަ އަހަރުގެ ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްގައި ޕްރޮމިއަރ ކުރި މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އޭޕްރީލް މަހުގެ 12 ވަނަ ދުވަހު އެވެ.