Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ފޯނުގެ ޕާސްވޯޑް ނުދިނުމުން އަންހެނަކު އޭނަގެ ފިރިމީހާ އަންދާލައިފި

އިންޑޮނޭޝިއާގެ އަންހެނަކު އޭނާގެ ފިރިމީހާގެ ފޯނުގެ ޕާސްވޯޑް ހޯދުމަށް ބުނެ ނުދިނުމުން ހިންގި ޒުވާބެއްގެ ތެރޭގައި ފިރިމީހާގެ ގަޔަށް ޕެޓްރޯލް އެޅުމަށްފަހު އަލިފާންރޯކޮށް އަންދާލައިފިއެވެ.

ފޯނުގެ ޕާސްވޯޑް ހޯދުމަށް 25 އަހަރުގެ އިލްހާމް ކަހްޔާނީ އޭނާގެ ފިރިމީހާގެ ފަރާތުން އެދުނު އިރު އޭނާގެ ފިރިމީހާ ކަމަށްވާ 26 އަހަރުގެ ދޭދީ ޕުރްނާމާ އޮތީ އެ ދެމަފިރިން ދިރިއުޅެމުންދާ ގޭގެ ފުރާޅުގެ މަރާމާތެއް ކުރުމަށް އަރާފައި ކަމަށް ޚަބަރުތައް ބުނެއެވެ.

ޕާސްވޯޑް ނުދިނުމުން ދެމަފިރިންގެ ދެމެދުގައި ހިނގި އަރައިރުމުގެ ތެރޭގައި ފުރާޅުން ފައިބާ ދޭދީ ވަނީ އޭނާގެ އަނބިމީހާ ގައިގައި ޖަހާފައެވެ. ފިރިމީހާ އިލްހާމް ގައިގައި ޖެހުމުން އޭނާ ވަނީ ޕެޓްރޯލް ގެނެސް އޭނާގެ ފިރިމީހާ ގަޔަށް އެޅުމަށްފަހު އަލިފާންރޯކޮށްލާ އޭނާގެ ފިރިމީހާ އަންދާލާފައެވެ.

މި ހާދިސާ ހިނގިތާ ދެ ދުވަސްފަހުން ދޭދީ ވަނީ މަރުވެފައެވެ. މި މައްސަލަ މިހާރު އިންޑޮނޭޝިއާގެ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.